ބޮޑީބޯޑިން އެސޯސިއެޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)ގެ އިސްވެރިންނާ، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގައި އޮތް ބައްދަލުކުރެއްވުމަކީ އެމްބީބީއޭގެ މިއަހަރުގެ އަހަރީ ރިޕޯޓާއި، އެ އެސޯސިއޭޝަނުން ހިންގާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެމްބީބީއޭ އިން އަންނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކާއި، ސްޕޯޓްސް މިނިސްޓްރީއާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަންކަންވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.
އެމްބީބީއޭގެ އިސްވެރިން ވަނީ އެ އެސޯސިއޭޝަނުން މިއަހަރު ހިންގި ހަރަކާތްތަކަށް މިނިސްޓްރީ އިން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިއަހަރު އެމްބީބީއޭ އިން ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ. އަދި އަންނަ އަހަރަށް އެމްބީބީއޭ އިން ރާވާފައިވާ ކަންކަން ކުރިއަށްގެންދިޔުމަށް އެ ވުޒާރާއިން ވެ ދެއްވާނެ އެހީތެރިކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން