ސަކާއަށް އަނިޔާވެ ދިގުމުއްދަތަކައް ކުޅުމާ ދުރަށް

Advertisement

އެންމެ ފަސް

Advertisement

އާސެނަލްގެ ތަރި، ބުކާޔޯ ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ދިގުމުއްދަތަކައް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓެޓާ ބުނެފިއެވެ.

ސަކާއަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް ކައިރިނބް 5-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައެވެ. އެ މެޗުގެ ތެރެއިން އަނިޔާވުމާ ގުޅިގެން އާޓެޓާ ވަނީ އޭނާ ބަދަލުކޮށްފައެވެ.

އުމުރުން 23 އަހަރުގެ ސަކާ ވަނީ މި ސީޒަނުގައި ކުޅުނު 24 މެޗުގައި ނުވަ ލަނޑު ޖަހައި، 13 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އާޓެޓާ ބުނީ ސަކާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށެވެ. އަދި ގިނަ ހަފުތާތަކަކައް އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށާއި، އެއީ ބަދަލު ނުކުރެވޭނެ ކަމެއް ކަމަށެވެ. މީގެއިތުރުން އާޓެޓާ ބުނީ، އަނިޔާއާ ގުޅިގެން ސަކާ ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފައިކަމަށެވެ.

އާޓެޓާ ބުނީ، މިފަދަ އަނިޔާތައް ކުރިމަތިވާން ދިމާވާ އެއް ސަބަބަކީ ގިނަ މެޗުތަކެއް ކުޅުން ކަމުގައެވެ. އެގޮތުން، ތިން އަހަރު ތެރޭ، ސަކާ އާއި ޑެކްލަން ރައިސް ފަދަ ކުޅުންތެރިން 130 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ކަމަށް އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިއަހަރު އާސެނަލް އިން ކުޅޭ ފަހު މެޗުގައި ނިކުންނާނީ އިޕްސްވިޗް އާ ދެކޮޅަށެވެ.

އާސެނަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ