ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 6-3 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެތުގައި ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. އަދި އޭގެ 13 މިނެޓު ފަހުން އެލެކްސިސް މެކް އަލިސްޓާ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖޭމްސް މެޑިސަން ވަނީ ލަނޑެެއް ޖަހައި، ޓޮޓެންހަމްއަށް އުއްމީދު އައުކޮށްދީފައެވެ. ނަމަވެސް، އިތުރު ވަގުތުގައި ޑޮމިނިކް ސޮބޮސްލައި ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، ޓޮޓެންހަމް ކުޅުންތެރިން މާޔޫސްކޮށްލާފައެވެ.

ދެވަނަ ހާފު ފެށިގެން، މުހައްމަދު ސަލާހު ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، އަތުނުލެވޭ ވަރުގެ ބޮޑު ލީޑެއް ލިވަޕޫލަށް ހޯދަދީފައެވެ.

ޓޮޓެންހަމުން ވަނީ ހިތްވަރާއެކު ކުޅެ، އިތުރު ދެ ލަނޑު ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފައެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ޑިޖާން ކުލުސެވްސްކީ އާއި ޑިމިނިކް ސޮލަންކޭއެވެ. ނަމަވެސް، ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހައި، ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ލިވަޕޫލަށް ވަނީ އެއް މެޗު މަދުން ކުޅެ ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 39 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި ޗެލްސީއަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް ޓޮޓެންހަމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ