ފަހަތުން އަރައި ބާސެލޯނާ ބަލިކޮށް، އެތުލެޓިކޯ އެއްވަނައަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް، އެތުލެޓިކޯ މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 30 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ގަވީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ހާފު ނިމުނުއިރު އެއް ލަނޑުގެ ފަރަގަކާއެކު ކުރީގައި އޮތުމުން ބާސެލޯނާއަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ.

ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެތުލެޓިކޯއިން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބާސެލޯނާގެ މާކް ކަސަޑޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެތުލެޓިކޯއަށް ލަނޑު ޖަހައިދިނީ ރޮޑްރިގޯ ޑި ޕޯލްއެވެ.

މެޗުގެ ފަހުވަގުތާ ހަމައަށް ދެ ޓީމުންވެސް މަސައްކަތް ކުރީ އިތުރު ލަނޑެއް ޖަހައި، ލީޑު ނެގުމަށެވެ. އެގޮތުން، އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ނަހުއެލް މޮލީނާ ނަގައިދިން ހުރަހަކުން، އެތުލެޓިކޯ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެލެކްސަންޑާ ސޯލޮތުއެވެ.

މިއާއެކު ބާސެލޯނާއިން ވަނީ ވިދިވިދިގެން 12 މެޗުން މޮޅުވެފައެވެ. އަދި އެ ޓީމުން 2024 ވަނަ އަހަރު ނިންމާލާނީ ތާވަލުގެ އެއްވަނައިގައި އޮވެއެވެ.

ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ، އެތުލެޓިކޯ ވަނީ އެ ޓީމަށްވުރެ ތިން ޕޮއިންޓު ކުރިޔަށް ޖެހިލާފައެވެ.

ބާސެލޯނާ އެތުލެޓިކޯ މެޑްރިޑް ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ