ޑިއާސްއަށް އަނިޔާވެ ކުޅުމާ ދުރަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު، ރުބެން ޑިއާސްއަށް އަނިޔާވެ ތިން ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާނެ ޖެހިއްޖެކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޑިއާސްއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ. މިއާއެކު އޭނާއަށް ލީގުގެ މެޗުތަކަކާއި އެފްއޭ ކަޕުގެ މެޗެއް ގެއްލޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ޖެނުއަރީ މަހު ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވުމުގެ ފުރުސަތުވެސް ބޮޑެވެ.

ޑިއާސް ވަނީ މި ސީޒަނުގަައި މީގެކުރިންވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އެފަހަރު އޭނާއަށް ވަނީ ހަތް މެޗު ގެއްލިފައެވެ. ޖުމްލަކޮށް ބަލާއިރު، މި ސީޒަނަކީ ސިޓީއަށް އަނިޔާގެ މައްސަލަތައް ގިނަ ސީޒަނެކެވެ. އެގޮތުން، ސީޒަނުގެ އެކި ހިސާބުތަކުން ސިތީގެ ގިނަ ޑިފެންޑަރުންނަށް ވަނީ އަނިޔާވެފައެވެ. އޭގެތެރޭގައި ޖޯން ސްޓޯންސް، ނަތަން އަކޭ، މެނުއަލް އަކަންޖީ އަދި ކައިލް ވޯކާ ހިމެނެއެވެ. މީގެއިތުރުން، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ރޮޑްރީއަށްވެސް ވަނީ އަނިޔާވެ، ސީޒަނުގެ ބާކީ ބައި ނުކުޅެވޭކަން ކަށަވަރުވެފައެވެ.

ގާޑިއޯލާ ބުނީ ސްޓޯންސް އާއި އަކަންޖީގެ އިތުރުން މަޓެއޯ ކޮވަސިޗް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއަދު އެސްޓަން ވިލާއާ ދެކޮޅަސް އެ ކުޅުންތެރިން ކުޅެން ނިކުތުމުގެ ފުރުސަތު ބޮޑުކަމަށް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ސިޓީއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން، އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވިފައިވަނީ އެންމެ މެޗަކުންނެވެ.

މެންޗެސްޓާ ސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ