އޮލިމްޕިކް ސައިޒުގެ ޕޫލް އެޅުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: މިނިސްޓަރ ރާފިޢު

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ، އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް އެޅުމުގެ މަސައްކަތަކީ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަސައްކަތެއް ކަމަށާއި، މި ސަރުކާރުން މިކަން އަވަހަށް ފެށޭނެ ގޮތް ހެދުމަކީ ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުންވެސް ފެށި ކަމަށެވެ. ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި ކޮންމެ ފަހަރަކުވެސް މަސައްކަތް އޮތީ މަޑު ޖެހިފައިކަމަށާއި، އަދުގެ ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމާ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތްވެސް ފަށާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރިއަށް ކަމަށެވެ. އަދި ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ