ސްޕޯޓިން އަތުން އާސެނަލްއަށް ބޮޑު މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް އިން 5-1 ގެ ނަތީޖާއަކުން ސްޕޯޓިން ބަލިކޮށްފިއެވެ.

ސްޕޯޓިންގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އާސެނަލް އިންވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. ޔޫރިއެން ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ގަބްރިއެލް މާޓިނެލީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ބޯޅައަކުން، ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައި، އާސެނަލްއަށް ލީޑު ފުޅާކޮށްދީފައެވެ.

އާސެނަލް އިންވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އިތުރު ވަގުތުގައި ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސްއެވެ.

ސްޕޯޓިން އިން ދެވަނަ ހާފުގެ ފެށުން ރަނގަޅުކޮށްފައެވެ. އެގޮތުން، ހާފު ފެށިގެން ދެވަނަ މިނެޓުގައި ގޮންޒާލޯ އިނާޝިއޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. މިއާއެކު، އެ ޓީމަށް ވަނީ މެޗުގައި ކުރިޔަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ސްޕޯޓިންގެ އޭރިއާ ތެރެއިން މާޓިން އޮޑެގާޑަށް ކުރި ފައުލަކާ ގުޅިގެން އާސެނަލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ސަކާ ވަނީ އަނެއްކާވެސް އާސެނަލްއަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް، ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އަދި ސްޕޯޓިން ވަނީ އަށްވަނައަށް ވެއްޓިފައެވެ.

އާސެނަލް ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ