ސިޓީ އަތުން ތިން ލަނޑުގެ ލީޑެއް ގެއްލި، ފެޔަނޫޑް ކައިރިން އެއްވަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ތިން ލަނޑު ޖަހާފައިވަނިކޮށް، ފެޔަނޫޑުން ތިން ލަނޑު ޖަހައި، 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އާލިން ހާލަންޑް ވަނީ ސިޓީއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން އަށް މިނެޓު ތެރޭ ސިޓީން ވަނީ އިތުރު ދެ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. އެ ދެ ލަނޑު ޖެހީ އިލްކާއި ގުންޑޮގާން އާއި ހާލަންޑެވެ. މިއާއެކު، އެ ޓީމުން ވަނީ ތިން ޕޮއިންޓު ހޯދުމާ ގާތަށް ޖެހިލާފައެވެ.

ފެޔަނޫޑުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ސިޓީ ކޮޅަށް ތިން ލަނޑު ޖަހާފައެވެ. އެ ޓީމަށް އުއްމީދު އައުވީ މެޗުގެ 74 ވަނަ މިނެޓުގައި  އަނިސް ހަޖް މޫސާ ޖެހި ލަނޑާއެކުއެވެ. އޭނާ ލަނޑު ޖަހާފައިވަނީ ސިޓީގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލަށް ހެދުނު ގޯހެއްގެ ފައިދާ ނެގުމަށްފަހުއެވެ.

ފެޔަނޫޑުން ވަނީ މެޗުގެ 82 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަންޓިއާގޯ ޖިމެނޭޒްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ޑޭވިޑް ހަންކޯ ވަނީ ލަނޑެއް ޖަހައި، ސިޓީ މާޔޫސްކޮށްލާފައެވެ.

ސިޓީއަށް ޕޮއިންޓެއް އެ ލިބުނީ، އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވުމަށްފަހުއެވެ. އަންނަ އާދީއްތަ ދުވަހު ސިޓީ ނިކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.

މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ