ބާސެލޯނާ މޮޅުވިއިރު، ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ 100 ލަނޑު ހަމަކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން 3-0 ގެ ނަތީޖާއަކުން ބްރެސްޓް ބަލިކުރިއިރު، ރޮބަޓް ލެވަންޑޯސްކީ 100 ލަނޑު ފުރިހަމަކޮށްފިއެވެ.

ލެވަންޑޯސްކީ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް 100 ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާ އަށެވެ. ލެވަންޑޯސްކީއަށް ވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއެވެ. ރޮނާލްޑޯ 141 ލަނޑު ޖެހިއިރު މެސީ ވަނީ 129 ލަނޑު ޖަހާފައެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ލެވަންޑޯސްކީއަށް ބްރެސްޓްގެ ކީޕަރު،، މާކޯ ބިޒޮޓް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ލެވަންޑޯސްކީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައި 100 ލަނޑު ފުރިހަމަކޮށްފައެވެ. ބާސެލޯނާއިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 66 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހައި، ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި އޮލްމޯ ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ބްރެސްޓުން ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގައި ބާސެލޯނާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކުރީ ލެވަންޑޯސްކީއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އަދި ބްރެސްޓް ވަނީ ނުވަވަނައަށް ވެއްޓިފައެވެ.

ބާސެލޯނާ ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ