އަނިޔާގެ ސަބަބުން ވިނީޝިއުސްއަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި، އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ތަރި، ވިނީޝިއުސް ޖޫނިއާއަށް ނުކުޅެވޭކަން ކަށަވަރުވެއްޖެއެވެ.

ވިނީޝިއުސް ވަނީ މިދިޔަ އާދީއްތަ ދުވަހު ލެގަނޭސް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި 90 މިނެޓު ކުޅެފައެވެ. އެ ކްލަބުން ބުނި ގޮތުގައި، ވިނީޝިއުސް ސްކޮޑުގައި ނުހިމެނީ އޭނާގެ ވާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެނެވެ.

މުބާރާތުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑަށް ވަނީ އައު ފޯމެޓުގައި ފެށުން ގޯސްވެފައެވެ. ޖުމްލަ 36 ޓީމުން ވާދަކުރާ މި މުބާރާތުގައި، ރެއާލް މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ. އެ ޓީމުން ލިވަޕޫލާ ދެކޮޅަށް ނިކުންނާނީ މާދަމާ ރޭގައެވެ.

ސްޕެއިންގެ ބައެއް މީޑިއާތަކުން ބުނާގޮތުން، އަނިޔާގެ ސަބަބުން ވިނީޝިއުސް ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނެއެވެ. ނަމަވެސް، ތިން ހަފުތާ ވާނެކަން ކްލަބުން ރަސްމީކޮށް އަންގާފައެއް ނުވެއެވެ.

ލިވަޕޫލްއާއި ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސްއަށް ނުކުޅެވޭއިރު، ލިވަޕޫލްގެ ޓްރެންޓް އެލެކްސަންޑާ އާނޯލްޑަށްވެސް ކުޅެވޭނެކަމަކަށް ނުބެލެވެއެވެ. އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ސައުތެމްޓަން މެޗުގައި ކުޅެފައެއް ނުވެއެވެ.

ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ