ލެގަނޭސް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ 3-0 ގެ ނަތީޖާއަކުން ލެގަނޭސް ބަލިކޮށް، ރެއާލުން އެއްވަނައިގައި އިތް ބާސެލޯނާ އާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފިއެވެ.

މި ހަފުތާގައި ބާސެލޯނާއިން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު، ރެއާލުން ވަނީ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ބާސެލޯނާއިން 14 މެޗު ކުޅުނުއިރު، ރެއާލުން އަދި ކުޅުނީ 13 މެޗެވެ.

ލެގަނޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރެއާލުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކީލިއަން އެމްބާޕޭއެވެ. އެއީ ލީގުގައި އެމްބާޕޭ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނެޓުގައި ފެޑްރިކޯ ވަލްވާޑޭ ވަނީ ލަނޑެއް ޖަހައި، ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާގެ ބާރު ހަމަލާ، ލެގަނޭސްގެ ކީޕަރަށް ދިފާއުކުރެވިފައެއް ނުވެއެވެ.

ލެގަނޭސްއިން ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި، ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖޫޑް ބެލިންހަމްއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ރެއާލް ނިކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑް ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ