ބޮޓްސްވާނާ މުބާރާތުގައި ވާދަކުރި ރިވައިވަލްއަށް ފަސް މެޑަލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް އިން ފަސް މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުން ވަނީ އެއް ރަން މެޑަލް އާއި ދެ ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދާފައެވެ.

އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދާފައިވަނީ ފާތިމަތު ނަބާހާ (ނަބާ) އެވެ. އޭނާ ރަން މެޑަލް ހޯދީ، ފައިނަލުގައި އޭނާގެ ކޮއްކޮ، އާމިނަތު ނަބީހާ (ނަބީ) ބަލިކުރުމަށްފަހުއެވެ. މިއާއެކު، އަންހެން ސިންގަލްސްގެ ރިހި މެޑަލް ލިބިފައިވަނީ ނަބީ އަށެވެ. މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތެއްގެ ސިންގަލްސް އިވެންޓެއްގެ ފައިނަލުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖެއިން ކުޅެފައިވަނީ ޑަބަލްސް އިވެންޓުތަކުގެ ފައިނަލެވެ.

މި ދެބެންގެ ދެމެދުގައި ކުޅުނު ފައިނަލް މެޗުން ނަބާ މޮޅުވީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 22-20 އިން ކާމިޔާބުކުރީ ނަބާއެވެ. ނަބީ ވަނީ ޖެހިގެން އައި ސެޓު 14-21 އިން ކާމިޔާބުކޮށް، އުއްމީދު އައުކޮށްފައެވެ. ނަމަވެސް، ނަބާ ވަނީ މެޗުގެ ތިންވަނަ ސެޓު 21-15 އިން ކާމިޔާބުކޮށް، ރަން މެޑަލް ހޯދާފައެވެ.

މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދީ ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާގެ ޕެއާއެވެ. މީގެއިތުރުން، ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދީ ޒަޔާން އާއި ނިބާލް އަހުމަދުގެ ޕެއާއެވެ. އަދި އަންހެން ޑަބަލްސް އިން ލޯ މެޑަލް ހޯދީ ނަބާ އާއި ނަބީގެ ޕެއާއެވެ.

ރިވައިވަލް އިންވަނީ ދާދި ފަހުން ޒެމްބިއާގައި ކުރިޔަށްދިޔަ މުބާރާތުގައިވެސް ވާދަކޮށް، ރަނގަޅު ކުޅުމެއް ދައްކައި، މެޑަލް ހޯދާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ