ބަޔާން މޮޅުވިއިރު، ކޭންއަށް ރެކޯޑެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖަރުމަނު ލީގުގައި ރޭ ހެރީ ކޭންގެ ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކުން އޮއުގްސްބާގް ބަލިކުރިއިރު، ކޭންއަށް ރެކޯޑެއް ލިބިއްޖެއެވެ.

ރޭ މެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު، ކޭން ވެފައިވަނީ ޖަރުމަނު ލީގުގައި އެންމެ އަވަހަށް 50 ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. އޭނާ މި ރެކޯޑު ހެދީ 43 މެޗު ކުޅެގެނެވެ. މީގެކުރިން މި ރެކޯޑު އޮތީ އާލިން ހާލަންޑް އަތުގައެވެ. ހާލަންޑް ވަނީ 50 މެޗުން 50 ލަނޑު ޖަހާފައެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހަފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ކޭން ވަނީ އެ ޓީމަށް ކުރިހޯދަދީފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުގައި އޮއުގްސްބާގުގެ އޭރިއާ ތެރެއިން ކެވިން ޝްލޮޓާބެކް، ކޭންއަށް ކުރި ފައުލަކާ ގުޅިގެން ބަޔާނަށް ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީއެއް ދީފައެވެ. އަދި ޝްލޮޓާބެކަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ކޭން ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ކޭން ވަނީ އިތުރު ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ބަޔާނުން ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.

ބަޔާން މިޔުނިކް ޖަރުމަނު ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ