ވިނީޝިއުސްގެ ހެޓްރިކާއެކު ރެއާލުން އޮސަސޫނާ ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސެޕްނިޝް ލީގުގައި ރޭ ވިނީޝިއުސް ޖޫނިއާގެ ހެޓްރިކާއެކު ރެއާލް މެޑްރިޑުން 4-0 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފުރިހަމަ މޮޅެއް ހޯދިނަމަވެސް، އެޑާ މިލިޓާއޯއަށް އަނިޔާވުން ވެގެންދިޔައީ އިތުރު މާޔޫސް ކަމަކަށެވެ. މެޗުގެ 30 ވަނަ މިނެޓުގައި މިލިޓާއޯގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. ބަދަލުގައި ކުޅެން ނިކުތީ އުމުރުން 21 އަހަރުގެ ރައުލް އަސެންސިއޯއެވެ. މިއީ އޭނާ ރެއާލަށް ކުޅެދިން ފުރަތަމަ މެޗެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ވިނީޝިއުސް ވަނީ ލަނޑެއް ޖަހައި، ރެއާލަށް ކުރިހޯދަދީފައެވެ. އަދި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ މި ސީޒަނުގައި ބެލިންހަމް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 61 ވަނަ މިނެތުގައި ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ އޮސަސޫނާގެ ކުޅުންތެރިން ކުރިޔަށް ޖެހިގެން ތިބި ވަގުތެއްގައި، ރެއާލްގެ ގޯލްކީޕަރު، އަންޑްރޭ ލުނިން ކުރިޔަށް ޖެހި ބޯޅައެއް ހޯދުމަށްފަހު ވިނީޝިއުސް ޖެހި ލަނޑެކެވެ.

ވިނީޝިއުސް ވަނީ މެޗުގެ 69 ވަނަ މިނެތުގައި ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އެއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

މި މެޗުގައި މިލިޓާއޯގެ އިތުރުން ރޮޑްރީގޯ އާއި ލޫކަސް ވަޒްކޭޒަށް ވަނީ އަނިޔާވެފައެވެ. މިއާއެކު، އަނިޔާގެ މައްސަލަ ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. މީގެކުރިން ޑެނީ ކާވަހާލް އާއި ޑޭވިޑް އަލާބާއަށް ވަނީ އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

ރެއާލް މެޑްރިޑް ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ