ސްޕޯޓްސް ކޮމްޕްލެކްސްއަށް ހުޅުމާލެެއިން ބިމެއް ހަމަޖައްސައިިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

އީ-ސްޕޯޓްސްގެ ވާހަކަދައްކަވަމުން މިނިސްޓަރ ރާފިއު މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރ ވިދާޅުވީ ދާދި ފަހުން ބޭއްވި ބައިނަލްއަގްވާމީ އީ-ސްޕޯޓްސް މުބާރާތެއްގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މުބާރާތަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ކުޅިވަރެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.

”އީ-ސްޕޯޓްސްއަކީ ވަރަށް ގިނަ ޒުވާނުން ބައިވެރިވަމުން އަންނަ ގޭމެއް. އޭގެ ތެރޭގައި ދާދި ފަހުން ގްވަންގްޒޯގައި ބޭއްވި އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ ޓީމް ވަނީ އީ-ގޭމްސްގައި ބައިވެރިވެފަ“

އީ-ސްޕޯޓްސް ރާއްޖޭގައި ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިންޓަރނޭޝަނަލް ފެންވަރުގެ ވަސީލަތްތަކާއެކު އީ-ސްޕޯޓްސް އެރީނާއެއް މާލެ، ހުވަދޫ އަދި ހދ ގައި ގާއިމްކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު ގއ. ވިލިނގިލީގައި ބޭއްވި ރިޔާސީ ކެމްޕެއިނެއްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރ ވިދާޅުވީ އެ ވައުދު ފުއްދެވުމަށްޓަކައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޑިޒައިން ކޮންސެޕްޓަށް މިހާރު އިންޑިޔާގެ ލައިން އޮފް ކްރެޑިޓް ޕްރޮގްރާމެއްގެ ތެރޭގައި ހިމަނާފައި ކަމަށެވެ. އެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ ތެރޭގައި އީ-ގޭމް އެރީނާއެއް ގާއިމުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އެ މަސައްކަތް ގޮސްފައި އޮތް ހިސާބުގެ ގޮތުން އަންނަ އަހަރުގައި އެކަމުގެ މަސައްކަތް ފެއްޓޭވަރު ވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ