އަމަދުގެ ދެ ލަނޑާއެކު ޔުނައިޓެޑަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އަމަދު ޑިއާލޯ ޖެހި ދެ ލަނޑާއެކު، މެންޗެސްޓާ ޔުނައިޓެޑުން 2-0 ގެ ނަތީޖާއަކުން ޕީއޭއޯކޭ ބަލިކޮށްފިއެވެ.

ޔުނައިޓެޑުން މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުވެސް ވަނީ އެއްވަރުވެފައެވެ. ޕީއޭއޯކޭގެ މައްޗަށް ކުރިހޯދައި، ޔުނައިޓެޑުން ވަނީ އަހަރެއް ފަހުން ޔޫރަޕިގައު މޮޅެއް ހޯދާފައެވެ. އެ ޓީމަށް އެންމެ ފަހުން މޮޅެއް ހޯދިފައިވަނީ މީގެ 380 ދުވަސް ކުރިން، ކޯޕެންހާގެން އަތުންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ޕީއޭއޯކޭ އިންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް، މެޑީ ކަމާރާ އާއި އަންޑްރިޖާ ޒިވްކޮވިޗް ފޮނުވާލި ހަމަލާތައް ޔުނައިޓެޑުގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހަކުން، އަމަދު ވަނީ ލަނޑު ޖަހައި، ޔުނައިޓެޑަށް ކުރިހޯދަދީފައެވެ. އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވި ގޯލުގެ ދުރުު ކަނަށެވެ. އޭގެ ފަހުން، މެޗުގެ 77 ވަނަ މިނެޓުގައި އަމަދު ޖެހި މޮޅު ލަނޑާއެކު ޔުނައިޓެޑުން ވަނީ ތިން ޕޮއިންޓު ހޯދާފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ 15 ވަނައަށް ޖެހިލާފައެވެ. ޕީއޭއޯކޭ އޮތީ 33 ވަނައިގައެވެ.

މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ