އޭސީ މިލާނުން ރެއާލް ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާނުން 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ރޭގެ މެޗު ހިމެނޭހެން، ރެއާލް ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައ ކްރިސްޓިއަން ޕުލިސިޗް ނަގައިދިން ކޯނަރަކުން މަލިކް ތިއޯ ވަނީ ލަނޑު ޖަހައި، މިލާނަށް ކުރިހޯދަދީފައެވެ. އޭގެ ނުވަ މިނެޓު ފަހުން މިލާނުގެ އޭރިއާ ތެރެއިން ވިނީޝިއުސް ޖޫނިއާއަށް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއުސްއެވެ.

މިލާނުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މިލާނުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ރެއާލް އަދި އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ، އަލްވާރޯ މޮރާޓާއެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 55 ވަނަ މިނެޓުގައި މިލާނަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ރަފައެލް ލިއާއޯ ބޮލުން ފޮނުވާލި ބޯޅަ، ރެއާލްގެ ކީޕަރު އަންޑްރޭ ލުނިން ވަނީ ދިފާއުކޮށްފައެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގައި، މިލާނުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޓިޖާނީ ރައިންޑާސްއެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، އެންޓޮއިން ރުޑިގާ ވަނީ ރެއާލަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން އަންގައިގެން، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ 17 ވަނައިގައެވެ. އަދި މިލާން އޮތީ 18 ވަނައިގައެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ރެއާލް މެޑްރިޑް އޭސީ މިލާން ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ