ނޭމާއަށް އަނިޔާވެ، އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު، އެނބުރި އައިސް ކުޅުނު ދެވަނަ މެޗުގައި އަލް ހިލާލްގެ ނޭމާއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ބްރެޒިލްގެ ތަރިއަށް އަނިޔާވެފަިއވަނީ ރޭ އޭޝިއަން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗެއްގައެވެ. އީރާނުގެ އިސްތިގާލް ކައިރިން 3-0 ގެ ނަތީޖާއަކުން އަލް ހިލާލް މޮޅުވި މި މެޗުގެ 86 ވަނަ މިނެޓުގައި ނޭމާ ވަނީ ބަދަލުކޮށްފައެވެ. މި މެޗުގައި ނޭމާ ކުޅެން އެރީވެސް 58 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގައި ނޭމާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އޭނާ ބުނީ، މިއީ ސީރިއަސް އަނިޔާއެއް ނޫންކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ދުގުމުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު، އެނބުރި އައިސް ކުޅޭއިރު މިފަދަ ކަމެއް ދިމާވުމަކީ އާދައިގެ ކަމެއް ކަމަށް ބުންޏެވެ.

ނޭމާއަށް އެންމެ ފަހުން އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕުގެ ކޮލިފައިން މެޗުގައެވެ. އެފަހަރު އޭނާ ކުޅުމާ ދުރަށް ދާން ޖެހުނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެނެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު ޕީއެސްޖީ ދޫކޮށް އަލް ހިލާލަށް ބަދަލުވުމަށްފަހު ނޭމާ އެ ޓީމަށް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ.

ނޭމާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ