އޮލްމޯގެ ދެ ލަނޑާއެކު ބާސެލޯނާއަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި މިރޭ ޑެނީ އޮލްމޯ ޖެހި ދެ ލަނޑާއެކު ބާސެލޯނާއިން 3-1 ގެ ނަތީޖާއަކުން އެސްޕަންޔޯލް ބަލިކޮށްފިއެވެ.

މިދިޔަ ހަފުތާގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ބާސެލޯނާއިން ވަނީ މިރޭގެ މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މި މެޗުގައިވެސް ޒުވާން ތަރި، ލަމީން ޔަމާލްގެ މޮޅު ކުޅުން ފެނުނެވެ.

ބާސެލޯނާގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޔަމާލް ނަގައިދިން މޮޅު ހުރަހަކުން އޮލްމޯ ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. އަދި އޭގެ 11 މިނެޓު ފަހުން، ކެޕްޓަން ރަފީނިއާ ވަނީ ލަނޑު ޖަހައި، ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަކޭ އެއްގޮތަށް، މި މެޗުގައިވެސް ބާސެލޯނާގެ ޑިފެންސް ލައިން ކުޅުނީ ކުރިޔަށް ޖެހިގެނެވެ. މިއާއެކު، އެސްޕަންޔޯލުން ޖެހި ދެ ލަނޑު ވަނީ އޮފްސައިޑް ކަމުގައި ނިންމާފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި އޮލްމޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބާސެލޯނައަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ. ބާސެލޯނާއިން ފުރަތަމަ ހާފު ނިންމާލީ ހިތްހަމަޖެހޭ ވަރުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން އެސްޕަންޔޯލުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން، މެޗުގެ 63 ވަނަ މިނެޓުގައި ހަވީ ޕުއާޑޯ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، އޭގެފަހުން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ތާވަލުގެ 17 ވަނައިަގއި އޮތް އެސްޕަންޔޯލް ވަނީ އެންމެ ފަހުން ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައެވެ. އަދި ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 27 މެޗުންކުރެ މެޗަކުން އެސްޕަންޔޯލަށް މޮޅުވެވިފައެއް ނުވެއެވެ.

ހަންސީ ފްލިކްގެ އިރުޝާދާއެކު ބާސެލޯނާއިން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައެވެ. އެ ޓީމު ބަލިވެފައިވަނީ ހަމައެކަނި އޮސަސޫނާ އަތުންނެވެ.

ބާސެލޯނާ ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ