ސިޓީ ބަލިވިއިރު، ލިވަޕޫލް އެއްވަނައަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން ބޯންމައުތު ކައިރިން މެންޗެސްޓާ ސިޓީ ބަލިވިއިރު، 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް، ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗަށް ނިކުތްއިރު 23 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ސިޓީއެވެ. 22 ޕޮއިންޓާއެކު ލިވަޕޫލް ދެވަނައިގައި އޮތްއިރު، 18 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އާސެނަލްއެވެ. އިއްޔެ ހަވީރު އާސެނަލްވެސް ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އާސެނަލް އާއި ސިޓީ ބަލިވުމުގެ ފައިދާ ނެގީ ލިވަޕޫލުންނެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި ބްރައިޓަންގެ ފާޑީ ކަޑިއޯގްލޫ ވަނީ ލަނޑެއް ޖަހައިފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 70 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި، ލިވަޕޫލް މޮޅުކޮށްދީފައެވެ.

ބޯންމައުތުގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލަނޑެއް ޖަހައި، ސިޓީ މާޔޫސް ކޮށްލާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެންޓޮއިން ސެމެންޔޯއެވެ. އަދި ދެވަނަ ހާފުގައި އެވަލިންސަން ވަނީ ލަނޑެއް ޖަހައި، ބޯންމައުތަށް ލީޑު ފުޅާކޮށްދީފައެވެ.

ސިޓީގެ ހަމައެކަނި ލަނޑު، މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ޖޮސްކޯ ގްވާޑިއޯލްއެވެ. ސިޓީ ވަނީ ލީގުގައި ބަލިނުވެ 32 މެޗު ފުރިހަމަކޮށްފައެވެ. އެކަން ނިމުމަކަށް ގެނައީ ބޯންމައުތުންނެވެ. އަދި މިއީ ހަތަރު ދުވަސްތެރޭ ސިޓީ ބަލިވި ދެވަނަ މެޗެވެ. ލީގު ކަޕުގައި އެ ޓީމު ވަނީ ޓޮޓެންހަމް އަތުން ބަލިވެފައެވެ.

ރޭގެ ނަތީޖާތަކަށްފަހު، ޖުމްލަ 25 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ. އަދި ދެވަނައިގައި ސިޓީ އޮތީ 23 ޕޮއިންޓާއެކުއެވެ. އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ނޮޓިންހަމް ފޮރެސްޓް ވަނީ ތިންވަނައަށް ޖެހިލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ ލިވަޕޫލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ