ޔުނައިޓެޑުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް އެކަށީގެންވާ ވަރުގެ ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވާތީ، ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކިކޮށްފި އެވެ.

ޓެން ހާގް ޔުނައިޓެޑަށް އިރުޝާދު ދިން ފަހު މެޗަކީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗެވެ. މިއާއެކު، ޔުނައިޓެޑު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ.

ޔުނައިޓެޑު މިވަގުތު އޮތީ، 36 ޓީމު ވާދަކުރާ ޔުއެފާ ޔޫރޮޕާ ލީގުގެ ވެސް 21 ވަނައިގަ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޔުނައިޓެޑް ވަނީ އެއްވަރުވެފަ އެވެ.

ޔުނައިޓޭޑުން ދާއިމީ ކޯޗެއް ހަމަޖެއްސުމާ ހަމަޔަށް، ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓެންޓް ކޯޗް، ވެން ނިސްޓަލްރޫއި އެވެ. އޭނާ ޔުނައިޓެޑުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވީ މިދިޔަ ހޫނުމޫސުމުގަ އެވެ. ޓެން ހާގް މަގާމުން ވަކިކުރިކަން ކްލަބުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ޔުނައިޓެޑުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ޓެން ހާގަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޓެން ހާގް ކުރި އިތުބާރު ބަލައިގަންނަ ކަމަށް ބުންޏެވެ.

މިދިޔަ މެއި މަހު މެންޗެސްޓާ ސިޓީ ބަލިކޮށް، ޔުނައިޓެޑުން އެފްއޭ ކަޕް ކަމިޔާބު ކުރުމުން، ޔުނައިޓެޑުން ވަނީ ޓެން ހާގްގެ އެއްބަސްވުން އައުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ