ކާވާ މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ އެވޯޑް ކުޑަކާއްޓެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި، އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޯދައިފި އެވެ.

ހަ ގައުމަކުން ވާދަކުރި މި މުބާރާތުން ރާއްޖެއިން ވަނީ ފަސްވަނަ ހޯދާފަ އެވެ. ލީގު ބުރުގަ އާއި ރޭންކިން މެޗުން ގައުމީ ޓީމުން ވަނީ ތަޖިކިސްތާން ބަލިކޮށްފަ އެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު ހުރިހައި މެޗެއްގައިވެސް ކުޑަކާއްޓެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެންމެ ގިނަ ޕޮއިންޓު ހޯދި ކުޅުންތެރިޔާގެ އެވޯޑަކީ، ސްޕައިކް، ބްލޮކް އަދި ސާވް ހިމެނޭހެން، ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދީފައިވާ ކުޅުންތެރިޔާ އަށް ދިން އެވޯޑެކެވެ.

އެންމެ ގިނަ ޕޮއިންޓު ހޯދި ކުޅުންތެރިޔާގެ އެވޯޑް ކުޑަކާއްޓެ ހޯދީ މުޅި މުބާރާތުން ޖުމްލަ 110 ޕޮއިންޓް ސްކޯ ކޮށްހެނެވެ. އޭގެތެރެއިން 99 ޕޮއިންޓް ހޯދީ ސްޕައިކުންނެވެ. އަދި ބްލޮކުން ނުވަ ޕޮއިންޓް ހޯދިއިރު، ސާވިސް އިން ވަނީ ދެ ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތް، ތުރުކުމެނިސްތާންގެ ވެއިސޯވް ބޭރަމްގެލްޑީ އަށް ހޯދިފައިވަނީ 95 ޕޮއިންޓެވެ.

މުބާރާތުގެ ޗެމްޕިއަންކަން، ކިރްގިސްތާނުން ހޯދީ ފައިނަލުގައި 3-0 ސެޓުން އުޒްބެކިސްތާން ބަލިކުރުމަށްފަހު އެވެ. ތިން ވަނަ އަށް ދޭ ލޯ މެޑަލް ހޯދީ، އަފްގާނިސްތާން އަތުން 3-0 އިން މޮޅުވި، ތުރުކުމެނިސްތާން އެވެ.

ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ