ޓީ20 ކުއަޑްރަންގިއުލާ އިންޓަނޭޝަނަލް ސީރީސް ގެ ސެމީ ފައިނަލުގައި މުބާރަތް ބާއްވާ ގައުމު ކަމުގައިވާ ބޫޓާން ބަލިކޮށް، ގައުމީ ކްރިކެޓް ޓީމު ފައިނަލަށް ދަތުރުކޮށްފި އެވެ.
ބޫޓާނުގެ ދަނޑު ހުޅުވަން ބާއްވާ މި މުބާރާތުގެ ލީގު ބުރުގައި ބޫޓާނުން ވަނީ ހަތަރު ވިކެޓުން ރާއްޖެ ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި ރާއްޖެއިން ބޫޓާން ބަލިކުރީ ހަތް ވިކެޓުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ތައިލެންޑުންނެވެ.
ފުރަތަމަ ކުޅެން ނިކުތް ބޫޓާނުން 20 އޯވަރު ހަމަވިއިރު، އެ ޓީމުން ވަނީ އަށް ކުޅުންތެރިން ނުބައިވެގެން 122 ލަނޑު ހަދައިފަ އެވެ. ބޫޓާނުން އެންމެ މޮޅު ކުޅުމެއް ދެއްކީ ރަންޖުން ޑޯޖީ އެވެ. އޭނާ ވަނީ 33 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ރާއްޖެ ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު ވަނީ 52 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. އަދި އިސްމާއިލް އަލީ ވަނީ 20 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ.
ތައުލެންޑާއި ރާއްޖެ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. ލީގު ބުރުގައި ތަައިލެންޑް އަތުން ރާއްޖެ ބަލިވީ 44 ލަނޑުންނެވެ.