ރެޑްބުލް ހާފް ކޯޓް ވޯލްޑް ފައިނަލްސް ގައި ރާއްޖެ ތަމްސީލުކުރުމަށް އަންރޭންކްޑް އެމެރިކާ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރެޑްބުލް ހާފް ކޯޓް ވޯލްޑް ފައިނަލްސްގައި ރާއްޖެ ތަމްސީލުކުރުމަށް އަންރޭންކްޑް ބާސްކެޓްބޯލް އެމެރިކާ އަށް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ރާއްޖޭގެ ކޮލިފައިން ބުރުތައް ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީ, ވަން އެންޑް އޮންލީ ރީތިރަށް އަދި މާލެ ސިޓީގަ އެވެ. އެޔަށްފަހު، ނެޝަނަލް ފައިނަލްސް ކުރިޔަށް ގެންގޮސްފައިވަނީ މާލެ ސިޓީގަ އެވެ. އަންރޭންކްޑް އަކީ ރާއްޖޭގެ ޗެމްޕިއަނުންނެވެ.

އެމެރިކާ އަށް މިއަދު ދަތުރުކުރި ޓީމުގައި ހިމެނެނީ މަފާޒް މުހައްމަދު، އިސްމާއީލް ފަރުހާން، އިބްރާހީމް ނަސީމް އަދި މުހައްމަދު ސަބީހު ތައުފީގް އެވެ. ނިއުޔޯކް ސިޓީގައި ކުރިޔަށްދާ މި މުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.

ފުރުމުގެ ކުރިން މަފާޒް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، ބާސްކެޓްބޯޅައިން ދުނިޔޭގެ އެންމެ ގަދަ ބާރު ކަމުގައިވާ އެމެރިކާގައި ކުޅެލަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި މި ލެވެލްގެ މުބާރާތެއްގައި، އުއްމީދަކީ މަދުވެގެން އެއް މެޗުން މޮޅުވުން ކަމަށް ބުންޏެވެ. އޭނާ އިތުރަށް ބުނީ، މިދިޔަ އަހަރު ސާބިއާގައި ކުރިޔަށް ދިޔަ މުބާރާތުގައިވެސް ޓާގެޓް ކުރީ މެޗަކުން މޮޅުވާން ކަމަށެވެ. ނަމަވެސް، އެ މުބާރާތުގައި ދުނިޔޭގެ ގަދަ ފަސް ޓީމުގެ ތެރެއިން ތިން ޓީމާ އެއް ގުރޫޕެއްގައި އޮތުމާއެކު، އެ ޓީމުތަކާ ވާދަކުރަން ވަރަށް އުނދަގޫވި ކަމަށް މަފާޒް ބުންޏެވެ.

މަފާޒް އިތުރަށް ބުނީ، ތްރީ ޕޮއިންޓް ޗެލެންޖުގައި ވާދަކޮށް، ވަނައެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ވަނައެއް ލިބިއްޖެނަމަ، އެއީ ބައިނަލްއަގުވާމީ މައިދާނެއްގައި ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.

މުބާރާތް ނިންމާލުމަށްފަހު، ޓީމު ދަތުރުކުރާނީ ސިއާޓަލް އަށެވެ. އެޔަށްފަހު ރާއްޖެ އެނބުރި އަންނާނީ 10 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު އެވެ. މަފާޒް ބުނީ، ދަތުރު ނިންމާލުމަށްފަހު އެނބުރި އައިސް، ޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މަފާޒް ވަނީ ޓީމަށް ސްޕޯސަރ ދެއްވި ހޯކްސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިތުރުން އާއްމުންގެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

އެމެރިކާގައި މުބާރާތެއް ކުޅެލައި، ތަމްރީނު ހާސިލްކުރުމަށްފަހު، އެންބީއޭގެ މެޗެއް ބަލާލަން ލިބުން އެއީ އަންރޭންކްޑް އަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ރެޑްބުލް ހާފް ކޯޓް ވޯލްޑް ފައިނަލްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ