ޔުނައިޓެޑުގެ އެމްބެސެޑަރު މަގާމުން ފާގަސަން ވަކިކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސީޒަނަށްފަހު، މެންޗެސްޓާ ޔުނައިޓެޑުގެ އެމްބެސެޑާ މަގާމުން ސާ އެލެކްސް ފާގަސަން ވަކިކުރަން ނިންމައިފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމުން 2013 ވަނަ އަހަރު ވަކިވުމަށްފަހު، ފާގަސަން ހުރީ އެ ކްލަބުގެ ގްލޯބަލް އެމްބެސެޑާ އަދި ޑިރެކްޓާގެ މަގާމުގަ އެވެ. ޔުނައިޓެޑުގެ މެޗުތަކުން ފާގަސަން އާއްމުކޮށް ފެންނައިރު، އޭނާ އަށްވަނީ ސްޓޭޑިއަމް އިން ހާއްސަ ޖާގައެއްވެސް ހަމަޖައްސާފަ އެވެ.

ޔުނައިޓެޑުގެ ލެޖެންޑް، އެރިކް ކެންޓޯނާ ވަނީ ކްލަބުގެ މި ނިންމުމަށް ފާޑުކިޔާފަ އެވެ. އޭނާ ބުނީ، ފާގަސަން މަރުވުމާ ހަމަޔަށް، އޭނާ ބޭނުންވާ ކޮންމެ ކަމެއް ޔުނައިޓެޑުގައި ކުރެވެން ޖެހޭނެ ކަމަށެވެ. އަދި މިއީ އިހުތިރާމް ކުޑަ އަމަލެއްް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ފާގަސަން އަކީ ޔުނައިޓެޑުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު 13 ޕްރިމިއާ ލީގާއި، ދެ ޗެމްޕިއަންސް ލީގާއި، ފަސް އެފްއޭ ކަޕުގެ އިތުރުން ހަތަރު ލީގު ކަޕު ކާމިޔާބުކޮށްފަ އެވެ.

ޔުނައިޓެޑުން ފާގަސަން ވަކިކުރަން ނިންމީ، ހަރަދު ކުޑަކޮށް، ޓީމަށް އިތުރަށް ހަރަދު ކުރުމަށެވެ. އެގޮތުން، އެ ކްލަބުން ވަނީ މިހާތަނަށް 250 އަށްވުރެ ގިނަ ސްޓާފުން ވަކިކޮށް، އަހަރަކު 10 މިލިއަން ޕައުންޑްގެ ރޭޓުން ސަލާމަތްކޮށްފަ އެވެ. މިދިޔަ މަހު ޔުނައިޓެޑުން ވަނީ އެ ކްލަބަށް 113 މިލިއަން ޕައުންޑުގެ ގެއްލުމެއް ލިބުނުކަން ހާމަކޮށްފަ އެވެ.

ޔުނައިޓެޑް މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ 14 ވަނައިގަ އެވެ. އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑް ނިކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.

މެންޗެސްޓާ ޔުނައިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ