ސީއެމްސީ 2024: ފައިނަލުގައި މިފަހަރުވެސް ވެމްކޯ އާއި އާރްއާރްސީގެ ކުރިމަތިލުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕުގެ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އަދި އެންމެ ފަހުގެ ރަނަރަޕް ޓީމު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރަން ޖެހިއްޖެ އެވެ.

ވެމްކޯ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި 3-2 ގެ ނަތީޖާއަކުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބަލިކުރުމަށްފަހު އެވެ. އަދި އާރްއާރްސީ އިން ފައިނަލުގެ ޖާގަ ހޯދީ، ޕެނަލްޓީ ޖަހައިގެން 7-5 ގެ ނަތީޖާއަކުން އެމްޕީއެލް ބަލިކުރުމަށްފަހު އެވެ.

ރޭގެ ފުރަތަމަ ސެމީ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި، ތަޖުރިބާކަރު ކުޅުންތެރިޔާ، މުހައްމަޒު އައްޒާމް ވަނީ ލަނޑެއް ޖަހައި، ވެމްކޯ އަށް ކުރިހޯދަދީފަ އެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، އަލީ ރެޒާ ޝެއިހްލާރު ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށިގެން، ވެމްކޯގެ ކުޅުންތެރިއެއް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ލަނޑާއެކު، ސްޓެލްކޯ އިންވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ލަނޑެއް ޖަހައި، ވެމްކޯ މޮޅުކޮށްދީފަ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި، އާރްއާރްސީން ވަނީ ގާތްގާތު ދެ ލަނޑު ޖަހައި، ލީޑު ނަގާފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އަދި އޭގެ މިނެޓެއް ފަހުން، ދެވަނަ ލަނޑު ޖެހީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

ހާފު ނިމުމުގެ ކުރިން އެމްޕީއެލް އިން ވަނީ ދެ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އެވެ، އަދި ހާފުގެ ފަހު ސިކުންތުގައި ލިބުނު ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެމްޕީއެލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

ދެވަނަ ހާފު ފެށީގެން، މެޗުގެ 30 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ލަނޑެއް ޖަހައި، އަނެއްކާވެސް އާރްއާރްސީ އަށް ކުރިހޯދަދީފަ އެވެ. މެޗު ނިމެން ގާތް ވެފައިވަނިކޮށް، އާރްއާރްސީގެ އިބްރާހިމް ސިނާހު (ސިނާ) އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ. އޭގެ ފައިދާ ނަގައި، އެމްޕީއެލް އިން ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއާއެކު، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

އާރްއާރްސީން ވަނީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަބްދުﷲ ޔާމީން (ޔާނު)، ބިޗަޓް، ރިޒޭ އަދި ޝަނާން ރަޝާދު އެވެ. އަލީ ޝާމިސް (ތޮއްޕެ) ޖެހި ޕެނަލްޓީ، އެމްޕީއެލްގެ ކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ ދިފާއުކޮށްފަ އެވެ. އެމްޕީއެލް އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ މުހައްމަދު ދާނިޝް އިބްރާހިމް އާއި އިބްރާހިމް އަތީގް ހަސަން ޖެހި ޕެނަލްޓީ އެވެ. ސެންޓޭ ޖެހި ޕެނަަލްޓީ ދަނޑިއަށް އަމާޒުވިއިރު، އަހުމަދު ނިޒާމް ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ވެމްކޯ އާއި އާރްއާރްސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެމްކޯ އިން އާރްއާރްސީ ބަލުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

ސީއެމްސީ 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ