ވެމްކޯ އިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން، ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަން ބޭއްވި ފުރަތަމަ ފަހަރެވެ. ވެމްކޯ އިން މި ފަހުން ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާއިރު، މިއީ ވޮލީ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި މެޗަށް ނިކުތްއިރު، ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު، ދެ ޓީމަށްވެސް ވަނީ ލިބިފަ އެވެ. ދެ ޓީމުންވެސް ވަނީ ކުޅުނު ހުރިހައި މެޗެއް، ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ވެމްކޯ މޮޅުވީ 3-2 ސެޓުންނެވެ. މެޗު ފެށުނީއްސުރެ ނިމުމާ ހަމަޔަށް، ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. އެގޮތުން، ފުރަތަމަ ސެޓު 25-23 އިން ކާމިޔާބުކުރީ ޕޮލިސް ކްލަބުންނެވެ.

ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް، 17-25 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، ޕޮލިސް ކްލަބުން ވަނީ މޮޅު ކުޅުމެއް ދައްކައި، 25-22 އިން ތިންވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. މިއާއެކު، ވެމްކޯ އަށް ވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކުރުން މަޖުބޫރުވެފަ އެވެ.

ވެމްކޯ އިން ވަނީ 21-25 އިން ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކުރުމަށްފަހު ލިބުނު ހިތްވަރާއެކު، ވެމްކޯ އިން ވަނީ 13-15 އިން ފަސްވަނަ ސެޓު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ ޔަކޮވްލެވާ އިނާ އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ވެމްކޯގެ އާއިޝަތު މާޖިދާ (މާޖީ) އާއި ފާތިމަތު ޖޫޒާން ޒަރީރާއި އާމިނަތު ރިޔާސާގެ އިތުރުން ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ (ހައްވަ) އާއި އާމިނަތު ޝަހާ ޝާމިން އަދި މަރިޔަމް އަޒުމާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ވެމްކޯގެ އިނާ ހޮވިފައިވާއިރު، އެންމެ މޮޅު ލިބަރޯ އަކީ ޕޮލިސް ކްލަބުގެ މައިހާ އަލީ އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކީ ވެމްކޯގެ މާޔާ ހުސައިން ސޮލާހު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޖޫޒާން އެވެ.

ދެން އެންމެ އަވަހަށް އޮންނާނީ އޮފީސް/ކުންފުނި ތަކުގެ ވޮލީބޯޅަ ޗެލެންޖް ކަޕެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ