ޕޮޗެޓީނޯގެ އިރުޝާދާއެކު ކުޅުނު ފުރަތަމަ މެޗުން އެމެރިކާއަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ކޯޗު ކަމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޕަނަމާ މައްޗަށް ކުރިހޯދައިފި އެވެ.

ރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފެށުނުތަނާ އެމެރިކާ އަށް ކުރިހޯދައިދިނީ އޭސީ މިލާންގެ ޔޫނުސް މޫސާ އެވެ. އަދި މެޗުގެ އިތުރުވަގުތުގައި ޕީއެސްވީގެ ރިކާޑޯ ޕެޕީ ޖެހި ލަނޑާއެކު، އެމެރިކަ ވަނީ މެޗުން މޮޅުވެފަ އެވެ.

ޕޮޗެޓީނޯގެ ފުރަތަމަ މެޗުގައި އެމެރިކާގެ ގޯލު ބެލެހެއްޓީ ތަޖުރިބާކާރު ކީޕަރު، މެޓް ޓާނާ އެވެ. އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ނޮޓިންހަމް ފޮރެސްޓުން ކްރިސްޓަލް ޕެލަސް އަށް ބަދަލުވެފަ އެވެ. މި ސީޒަނުގައި މިހާތަނަށް އަދި މެޗެއް ނުކުޅުނު ކަމުގައިވިޔަސް، ރޭގެ މެޗުގައި އޭނާ ވަނީ ޕަނަމާގެ ނުރައްކާ ދެ ހަމަލާ ހުއްޓުވާފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، ކުޑަ ދުވަސްކޮޅެއްގެ ޕްރެކްޓިސް އަށްފަހު، ޓީމު މިހާރު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ޕްރޮފެޝަނަލް ކުޅުމެއް ކަމަށާއި، އެއީ ޓީމު ކުރިއެރުމުގައި ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ޕޮޗެޓީނޯ އިތުރަށް ބުނީ، ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް، މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމު ތައްޔާރުވުމުގެ ފެށުން ކަމަށް އޭނާ ބުންޏެވެ.

ސައުތެމްޓަން، ޗެލްސީ އަދި ޓޮޓެންހަމްގެ ކުރީގެ ކޯޗު ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލީ މިދިޔަ ހޫނުމޫސުމުގައެވެ. އެޔަށްފަހު، އެމެރިކާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ މިދިޔަ މަހު އެވެ.

އެމެރިކާގެ ކުރީގެ ކޯޗު، ގްރެގް ބާހޯލްޓާ މަގާމުން ވަކިކުރީ ޖުލައި މަހު އެވެ. އޭނާ ވަކިކުރަން ނިންމީ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން އެމެރިކާ ކެޓުމުންނެވެ. އެ މުބާރާތުގައި އެމެރިކާ ވަނީ 2-1 ގެ ނަތީޖާއަކުން ޕަނަމާ ކައިރިން ބަލިވެފަ އެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރާނީ އެމެރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯ ގައެވެ. އެމެރިކާ މިވަގުތު އޮތީ ދުނިޔޭގެ 18 ވަނައިގަ އެވެ.

އެމެރިކާ ފުޓުބޯޅަ ޓީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ