ރަތް ކާޑު ދެއްކުމާއެކު ވެން ޑައިކްގެ ފާޑުކިޔުން ރެފްރީ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީ ކައިރިން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި، ނެދަލޭންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އަށް ރަތް ކާޑު ދެއްކުމުން، އޭނާގެ ފާޑުކިޔުން ރެފްރީ އަށް އަމާޒުވެއްޖެ އެވެ.

މިއީ ނެދަލެންޑްސް އަށް ކުޅުނު މެޗެއްގައި ވެން ޑައިކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ގާތްގާތުގައި ދެ ރީންދޫ ކާޑު ދެއްކުމަށްފަހު އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ވެން ޑައިކަށް ފުރަތަމަ ރީންދޫ ކާޑު ދެއްކީ، އެ ޓީމުގެ ޑޮންޔެލް މަލެން އަށް ހަންގޭރީ ކުޅުންތެރިޔަކު ކުރި ފައިލަކާ ގުޅިގެން ޝަކުވާ ކުރުމުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން، ވެން ޑައިކް ކުރި ފައިލަކާ ގުޅިގެން އޭނާ އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ.

ވެން ޑައިކް ބުނީ، އޭނާ އަށް ރަތް ކާޑު ދައްކަންު ނިންމި ނިންމުން ރަނގަޅު ނޫންކަމަށެވެ. އަދި އޭނާ ހުރީ އެކަމާ ރުޅި އައިސްފައި ކަމަށް ބުންޏެވެ. އޭނާ އިތުރަށް ބުނީ، ރެފްރީ އާ ވާހަކަ ދެއްކޭނީ ހަމައެކަނި ކެޕްޓަން އަށް ކަމަށާއި، ރެފްރީ އާ ވާހަކަ ދެއްކީ ރީތިކޮށް ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ކެޕްޓަން އަށް ވާހަކަ ނުދެއްކޭނަމަ ވަރަށް އުނދަގޫވާނެ ކަމަށް ބުންޏެވެ.

ވެން ޑައިކަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުކެ ކޯޗު، ރޮނާލްޑް ކޫމަން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ، ކެޕްޓަން އަށް ރެފްރީ ކައިރީގައި ޝަކުރާ ކުރެވޭނެކަން ހުރިހާ މީހުނަށްވެސް އެނގޭނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގައި ވެން ޑައިކަކަށް ނުކުޅެވޭނެ އެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ވަނީ މިހާރު ލިވަޕޫލަށް އެނބުރި ގޮސްފަ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ