ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު މަޓިޕް، ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

Advertisement

އެންމެ ފަސް

Advertisement

ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު، ޖޯލް މަޓިޕް، އުމުރުން 33 އަހަރުގައި ފުޓުބޯޅައިން ރިޓަޔާކޮށްފި އެވެ.

ޖަރުމަނުގެ ކްލަބެއް ކަމުގައިވާ ޝާލްކޭ އިން ލިވަޕޫލަށް މަޓިޕް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެޔަށްފަހު، އޭނާ ވަނީ ލިވަޕޫލަށް 201 މެޗު ކުޅެދީ، އެ ޓީމާއެކު ފަސް މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.

2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލުން 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރިއިރު، ޑިވޮކް އޮރީގީ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ މަޓިޕް އެވެ. މިއާއެކު، ލިވަޕޫލުން ވަނީ ހަވަނަ ފަހަރަށް ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލުން 2019-2020 ގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، މަޓިޕް ހުރީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ އެވެ. އެ ސީޒަނުގައި އެނާ ކުޅެފައިވަނީ އެންމެ ނުވަ މެޗެވެ. ނަމަވެސް، އެ ޓީމުން ވަނީ ދިގު 30 އަހަރުގެ އިންރިޒާރު ނިމުމަކަށް ގެނެސްފަ އެވެ.

މަޓިޕް ލިވަޕޫލް ދޫކޮށްލީ މިދިޔަ ސީޒަން ނިމުނުތަނާ އެވެ. ލިވަޕޫލަށް ކުޅުން ހުއްޓާލިއިރު އޭނާ ހުރީ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއްވެ، ކުޅުމާ ދުރުގަ އެވެ.

މަޓިޕް ވަނީ ކެމެރޫން ގައުމީ ޓީމަށް 27 މެޗު ކުޅެދީފަ އެވެ. އޭނާ ލިވަޕޫލް ދޫކޮށްލި ފަހުން، އިތުރު އެއްވެސް ޓީމަކުން އޭނާ ގެންދިޔުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ