ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެއް ކަމުގައިވާ، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އައްޑޫ ސިޓީގައި އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

55 ގައުމަކުން ބައިވެރިވާ މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މުބާރާތް ލޯންޗުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

އަންނަ މަހުގެ 5-11 އަށް އަައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެތުލީޓުންނާއި ކޯޗުން އަދި އޮފިޝަލުން ހިމެނޭ ގޮތަށް 500 އަށް ވުރެ ގިނަ ފަރާތް ބައިވެރިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ވަނީ ބުނެފަ އެވެ.

ބީބީއޭއެމްގެ ރައީސް، އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވިގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތެވެ. ނަމަވެސް، މިއީ ރާއްޖެއިން ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެއް ހޯސްޓް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މިދިޔަ އަހަރާއި މިއަހަރުގެ އިތުރުން 2001 ވަނަ އަހަރު ބާއްވާފައިވަނީ ރާއްޖޭގަ އެވެ. މީގެއިތުރު، 2022 ވަނަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން މުބާރަތްވެސް ބާއްވާފައިވަނީ ރާއްޖޭގަ އެވެ.

ބޮޑީބިލްޑިން އަކީ މިވަގުތު ރާއްޖޭގައި އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ކުޅިވަރު ތަކުގެ ތެރެއިން ކުޅިވަރެކެވެ. އެގޮތުން، ރާއްޖޭގެ އެތުލީޓުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުން ގިނަ ކާމިޔާބީތައް ހޯދާފަ އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ