އާޖެންޓީނާ ގައުމީ ޓީމުން ގާނާޗޯ ބާކީކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އަނިޔާގެ ސަބަބުން، މެންޗެސްޓާ ޔުނައިޓެޑުގެ އަލެހަންދްރޯ ގާނާޗޯ، އާޖެންޓީނާ ގައުމީ ޓީމުން ބާކީކޮށްފި އެވެ.

ގާނާޗޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާ އަށް ގެއްލޭނީ ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާ އާއި ބޮލީވިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ވަނީ މިދިޔަ އާދީއްތަ ދުވަހު އެސްޓަން ވިލާ ކައިރިން 0-0 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ 90 މިނެޓު ކުޅެފަ އެވެ. އެ މެޗު ތެރެއިންވެސް އޭނާ އަށް ވަނީ އަނިޔާގެ ސަބަބުން އުނދަގޫތަކެއް ވެފައެވެ. ގާނާޗޯގެ ބަދަލުގައި އާޖެންޓީނާ ސްކޮޑަށް ނެގީ ލެސްޓާ ސިޓީގެ ފަކުންޑޯ ބުއޮނަނޮޓް އެވެ.

ދުނިޔޭގެ ޗެމްޕިއަނުން އޮތީ ސައުތު އެމެރިކާ ކޮލިފައިން ތާވަލުގެ އެއްވަނައިގަ އެވެ. އާޖެންޓީނާގެ ފަހަތުން ދެވަނައިގައި އޮތީ ކޮލަމްބިއާ އެވެ. މި ދެ ޓީމުގެ ދެމެދުގައި އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.

ލިއޮނެލް ސްކެލޯނީގެ އިރުޝާދާއެކު ބުރާސްފަތި ދުވަހު އާޖެންޓީނާ ނިކުންނާނީ ވެނެޒުއޭލާ އާ ދެކޮޅަށެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. އަދި އަންނަ ހަފުތާގެ އަންގާރަ ދުވަހު ނުކުންނާނީ އަށް ވަނައިގައި އޮތް ބޮލީވިއާ އާ ދެކޮޅަށެވެ.

ޖާނާޗޯ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ މިދިޔަ ހޫނުމޫސުމުގައި އާޖެންޓީނާ އިން ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އާޖެންޓީނާ ވޯލްޑް ކަޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ