ބަޓަފްލައި ތިން އިވެންޓު ހިމެނޭހެން މިރާލް އަށް ހަތަރު ރެކޯޑު

Advertisement

Advertisement

އެންމެ ފަސް

Advertisement

ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ބަޓަފްލައިގެ ތިން އިވެންޓު ހިމެނޭހެން، މިރާލް ޢައިން ލަތީފް ގައުމީ ހަތަރު ރެކޯޑެއް އައުކޮށްފި އެވެ.

މިރާލް އައުކޮށްފައިވަނީ އަންހެނުންގެ ޝޯޓްކޯސް 100، 200 އަދި 50 މީޓަރު ބަޓަފްލައި އިވެންޓާއި ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ.

100 މީޓަރާއި 200 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ރެކޯޑު އެންމެ ފަހުން ހަދާފައިވަނީވެސް މިރާލް އެވެ. އެގޮތުން، 100 މިޓަރުގެ ރެކޯޑު ހެދީ މިއަހަރު މެދުތެރޭގައި ބޭއްވުނު ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި 01.13.94 އިން ރޭސް ނިންމައިގެންނެވެ. މިފަހަރު މިރާލްގެ ޓައިމިން އަކީ 01.11.52 އެވެ. އަދި މީގެކުރިން 200 މީޓަރުގެ ރެކޯޑު އޭނާ ހެދީ 2023 ވަނަ އަހަރު ބޭއްވުނު މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރ ގައި 02.54.52 އިން ރޭސް ނިންމައިގެންނެވެ. އަމިއްލަ ރެކޯޑަށް ކުރިއެރުން ހޯދައި، މިފަހަރު މިރާލްގެ ޓައިމިން އަކީ 02.54.06 އެވެ.

50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު މިރާލް އައުކޮށްފައިވަނީ 00.31.41 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާއިޝަަތު އުލްޔާ ޝާއިގް އެވެ. އެއީ މިއަހަރު މެދުތެރޭގައި ބޭއްވުނު ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ވާދަކޮށް، 00.31.76 އިން ރޭސް ނިންމައިގެންނެވެ. މިރާލް މިރެކޯޑް އާކޮށްފައިވަނީ 00.31.41 އިން ރޭސް ނިންމައިގެންނެވެ.

ޝޯރޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އެންމެ ފަހުން ހަދާފައިވަނީ ހަމްނާ އަހުމަދެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ވާދަކޮށް، 01.15.82 އިން ރޭސް ނިންމައިގެންނެވެ. މިރާލް މި ރެކޯޑު މުގުރާލީ 01.14.07 އިން ރޭސް ނިންމައިގެންނެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ