ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި އިޒްޔާން ނާޒިމް ގައުމީ ދެ ރެކޯޑެއް އައުކޮށްފި އެވެ.
އިޒްޔާން އައުކޮށްފައިވަނީ ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއ، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.
ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް އިޒްޔާން އައުކޮށްފައިވަނީ 01.12.85 އިން ރޭސް ނިންމައިގެންނެވެ. އަދި ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު އައުކޮށްފައިވަނީ 02.37.35 އިން ރޭސް ނިންމައިގެންނެވެ. މި ދެ ރެކޯޑުވެސް އެންމެ ފަހުން ހަދާފައިވަނީ ޙަސަން އަޝްރަފް އެވެ. އެއީ، 2012 ވަނަ އަހަރު ބޭއްވުނު 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. 100 މީޓަރުގެ ރެކޯޑު އޭނާ ހެދީ 01.12.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި 200 މީޓަރުގެ ރެކޯޑު ހެދީ 02.40.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ތައިލެންޑުގައި ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ގިނަ ފެތުންތެރިންތަކެއް ވަނީ ގައުމީ ރެކޯޑުތައް އައުކޮށްފަ އެވެ.