އެސްޓަން ވިލާ އިން ވަރުގަދަ ބަޔާން ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާއިން 1-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ބަލިކޮށްފި އެވެ.

މި ދެޓީމަކީ މާޒީ އަށް ބަލާއިރު، ދިގު ތާރީހެއް އޮތް ދެ ޓީމެވެ. އެގޮތުން، އެސްޓަން ވިލާ އިން 1982 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ބަޔާން ބަލިކުރުމަށްފަހު އެވެ. ރޭ ވިލާ ޕާކުގައި ކުޅުނު މެޗުންވެސް ނިކުތީ ހަމަ އެ ނަތީޖާ އެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބަޔާނުން ވަނީ ބަލިނުވެ 41 މެޗު ފުރިހަމަކޮށްފަ އެވެ. އެޔަށްފަހު، އެ ޓީމުން މި ވަނީ ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިފަ އެވެ.

އެސްޓަން ވިލާ އިން ވަނީ ޗެމްޕިއަންސް ލީގުގެ ފެށުން، ބޮޑުތަނުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ޔަންގް ބޯއީސް ބަލިކޮށްފަ އެވެ.

މި މެޗުގެ ހަމައެކަނި ލަނޑު، އެސްޓަން ވިލާ އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯން ޑުރާން އެވެ. އޭނާ ކުޅެން ނިކުމެފައިވަނީ 70 ވަނަ މިނެޓުގައި، އޮލީ ވޮޓްކިންސްގެ ބަދަލުގަ އެވެ. ކުޅެން ނިކުތްތާ ނުވަ މިނެޓު ތެރޭ އޭނާ ވަނީ ލަނޑު ޖަހައި، އެސްޓަން ވިލާ މޮޅުކޮށްދީފަ އެވެ. މި ސީޒަނުގައި އޭނާ ވަނީ ބަދަލުގައި ކުޅެން އަރައި، ފަސް ލަނޑު ޖަހާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ ޕައު ޓޮރޭސް ވެސް ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން އަންގައިގެން، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މި ނަތީޖާއާއެކު، އެސްޓަން ވިލާ އިން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދާފަ އެވެ. އަދި ބަޔާން އަށް ލިބުނީ ތިން ޕޮއިންޓެވެ.

ބަޔާން މިޔުނިކް ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ