ރިޓަޔާ ކުރިތާ މަހެއް ފަހުން ޝެޒްނީ ބާސެލޯނާ އަށް ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސެނަލްގެ ކުރީގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ ރިޓަޔާކުރަން ނިންމިތާ މަސް ދުވަސް ފަހުން ކުޅުމަށް އެނބުރި އައިސް، ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

ޕޮލެންޑުގެ ކުރީގެ ކީޕަރު ޝެޒްނީ، ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކުރީ، އޯގަސްޓު މަހުގެ 27 ވަނަ ދުވަހު، ޔުވެންޓަސް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު އެވެ.

ބާސެލޯނާ އިން ޝެޒްނީ ގެނައުމަށް ނިންމީ، އެ ޓީމުގެ އެއް ނަންބަރު ކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެންގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ކަށަވަރު ވުމުންނެވެ. އޭނާ އަށް އަނިޔާވެފައިވަނީ، މިދިޔަ މަހު ވިޔަރެއާލް ކައިރިން 5-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގަ އެވެ.

ސްޕެނިޝް ލީގުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ކުޅުންތެރިޔަކަށް އަނިޔާވެ، ހަތަރު މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެނަމަ، ޓްރާންސްފާ މާކެޓުން ބޭރުންވެސް ކުޅުންތެރިން ގެނެވިދާނެ އެވެ.

އުމުރުން 16 އަހަރުގައި އާސެނަލް އާ ގުޅުނު ޝެޒްނީ ވަނީ އެ ޓީމަށް 181 މެޗު ކުޅެދީފަ އެވެ. މީގެއިތުރުން އޭނާ ވަނީ ބްރެންޓްފޯޑް، ރޯމާ އަދި ޔުވެންޓަސް އަށްވެސް ކުޅެފަ އެވެ.

ޝެޒްނީ ޔުވެންޓަސް އަށް ސޮއިކުރީ 2017 ވަނަ އަހަރު އެވެ. އެ ޓީމާއެކު ހޭދަކުރި ހަތް އަހަރު ދުވަހުގައި އޭނާ ވަނީ 252 މެޗު ކުޅެދީ، ހަތަރު މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 84 މެޗު ކުޅެދީފަ އެވެ.

އާދީއްތަ ދުވަހު އަލަވެސް އާ ދެކޮޅަށް ބާސެލޯނާ އިން ކުޅޭ މެޗުގައި ޝެޒްނީ ފެނުން އެކަށީގެންވެ އެވެ.

ބާސެލޯނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ