ގްރީޒްމަން، ފްރާންސް ގައުމީ ޓީމުން ރިޓަޔާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފްރާންސްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން، ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

އެތުލެޓިކޯ މެޑްރިޑަށް ކުޅޭ، އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ވަނީ ފްރާންސް ގައުމީ ޓީމަށް 137 މެޗު ކުޅެދީ، 44 ލަނޑު ޖަހާފަ އެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ކްރޮއޭޝިއާ ކައިރިން 4-2 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއިރު، އޭނާ ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ފްރާންސާއެކު 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ގްރީޒްމަން ހިއްސާ ކުރި ވީޑިއޯ އެއްގައި އޭނާ ވަނީ ރިޓަޔާކުރާކަން އިއުލާނުކޮށްފަ އެވެ. އަދި ފްރާންސްގެ ޖާޒީ ލުމަކީ، ލިބުނު ބޮޑު ޝަރަފެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ގްރީޒްމަން ވަނީ ކުޅެފަ އެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކީ ބެލްޖިއަމް އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ފްރާންސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ގްރީޒްމަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2014 ވަނަ އަހަރު އެވެ. އެޔަށްފަހު، އޭނާ ވެފައިވަނީ ޓީމަށް މުހިންމު ކުޅުންތެރިޔަކަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ގްރީޒްމަން އެވެ. އެ މުބާރާތުން ފްރާންސަށް ލިބުނީ ރަނަރަޕް ކަމެވެ.

އެންޓޮއިން ގްރީޒްމަން ފްރާންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ