ރިސޯޓު ސުޕަ ލީގު: އޮޅުވެލި ކަޓުވާލައި، ބަނޑޮސް ކުރިޔަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރު ކުރިޔަށްދާ ރިސޯޓު ސުޕަ ލީގުގައި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ކަޓުވާލުމަށްފަހު، ބަނޑޮސް މޯލްޑިވްސް އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

ރިސޯޓު ސުޕަ ލީގުގައި ހަ ޒޯނުގެ ޗެމްޕިއަނުން ވާދަކުރާއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ތިން ޓީމެވެ. އޭގެތެރެއިން އެންމެ ގިނަ ލަނޑު ޖަހާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ،

ބަނޑޮހުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން، 7-5 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މިއަދު ހަވީރު އޮޅުވެލީގައި ކުޅުނު މެޗުން ބަނޑޮސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ބަނޑޮހުން ވަނީ 10-7 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ހުސައިން އަޒުމަތު ވަނީ ލަނޑެއް ޖަހައި، އޮޅުވެއްޔަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ރީހާން ޝަހީދު ވަނީ ބަނޑޮހަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ބަނޑޮހަށް ފުރަތަމަ ފަހަރަށް ކުރިހޯދައިދިނީ އަހުމަދު ރަޝީދު އެވެ. އަދި އޭގެ މިނެޓެއް ފަހުން އަހުމަދު ޝަމީމް ވަނީ ލަނޑެއް ޖަހައި، ބަނޑޮހަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭގެފަހުން، މެޗުގެ 40 ވަނަ މިނެޓުގައި އޮޅުވެއްޔަށް ލަނޑު ޖަހައިދިނީ މުހައްމަދު ވިގާމް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބަނޑޮހުގެ އިބްރާހިމް މުޝީރު އެވެ.

ސުޕަ ލީގުގައި އަންނަ މަހު ތިންވަނަ ދުވަހު އަނަންތަރާ ކިހަވަށް ނިކުންނާނީ ޖޯލި މޯލްޑިވްސް އާ ދެކޮޅަ ށެވެ.

ރިސޯޓު ސުޕަރ ލީގު ރިސޯޓް ލީގު 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ