ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާހީމް އައުކޮށްފި އެވެ.
އޮސްޓްރޭލިއާގެ މެލްބަން ގައި ކުރިއަށް ދިޔަ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި މުބާލް މިރެކޯޑް އައުކޮށްފައިވަނީ 01:04.51 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަލީީ އިމްއާން އެވެ. އެއީީ، 2021 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިން ވޯލްޑްކަޕްގެ 4 ވަނަ ލެގްގައި 01:04.93 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު އަދި 50 މީޓަރުގެ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑުވެސް މިވަގުތު އޮތީ މުބާލްގެ އަތުގަ އެވެ. އަދި ފިރިހެނުންގެ 200 މީޓަރު ފްރީސްޓައިލް އާއި އިންޑިވިޖުއަލް މެޑްލޭ 200 އަދި 400 މީޓަރުގެ ރެކޯޑުވެސް ހަދާފައިވަނީ މުބާލް އެވެ.