ޕީއެފްއޭގެ ޝަރަފްވެރި ދެ އެވޯޑް ފޯޑެން އާއި ޕާމާ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އަށް ލިބުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ޗެލްސީގެ ކޯލް ޕާމާ ހޮވިއްޖެ އެވެ.

މިއީ 2009-2010 ގެ ފަހުން، އިނގްލެންޑްގެ ދެ ކުޅުންތެރިޔަކަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެފަހަރު އެންމެ މޮޅު ކުޅުންތެރިޔަކަށް ވޭން ރޫނީ ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޖޭމްސް މިލްނާ އެވެ.

މިދިޔަ ސީޒަނުގެ ލީގުގައި ފޯޑެން ވަނީ 35 މެޗުން 19 ލަނޑު ޖަހާފަ އެވެ. އަދި އޭނާ ވަނީ ސިޓީއާއެކު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މިއާއެކު، އުމުރުން 23 އަހަރުގައި ފޯޑެން ވެފައިވަނީ ހަ ފަހަރު ލީގު ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

މިއީ ފޯޑެން އަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އޭނާ އަށް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ދެ ފަހަރު ލިބިފަ އެވެ. ފޯޑެން މިއަހަރުގެ އެވޯޑު ހޯދާފައިވަނީ، މިދިޔަ އަހަރުގެ އެވޯޑު ހޯދި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އުމުރުން 22 އަހަރުގެ ޕާމާ، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އާސެނަލްގެ ބުކާޔޯ ސަކާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫ އާ ވާދަކުރުމަށްފަހު އެވެ. ޕާމާ ވަނީ ޗެލްސީގެ ފުރަތަމަ ސީޒަނުގައި، 34 ލީގު މެޗުން 22 ލަނޑު ޖަހާފަ އެވެ.

ޕީއެފްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ