ޖަރުމަނު ޓީމުން ނޯޔާ ރިޓަޔާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ، ގައުމީ ފުޓުބޯޅަ ޓީމުން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ނޯޔާ ވަނީ އެ ޓީމަށް ޖުމްލަ 124 މެޗު ކުޅެދީފަ އެވެ. އޭނާ ގައުމީ ޓީމަށް ކުޅެދިން އެންމެ ފަހު މެޗަކީ، މިދިޔަ މަހު ކުރިޔަށްދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އާ ދެކޮޅަށް ކުޅުނު މެޗެވެ.

އުމުރުން 38 އަހަރުގެ ކީޕަރު، ޖަރުމަނުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2009 ވަނަ އަހަރު އެވެ. އެޔަށްފަހު، އޭނާ ވަނީ ޖަރުމަނާއެކު ބައިނަލްއަގުވާމީ ބޮޑު އަށް މުބާރާތެއްގައި ކުޅެފަ އެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ކުރިޔަށްދިޔަ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި އާޖެންޓީނާ އާ ދެކޮޅަށް ކުޅުނު ޖަރުމަނު ޓީމުގެ ފުރަތަމަ 11 ގައި ކުޅެފައިވަނީ ނޯޔާ އެވެ. އެޔަށްފަހު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން، ނޯޔާ ވަނީ ޖަރުމަނު ޓީމުގެ ކެޕްޓަންކަމުގައި ހަމަޖައްސާފަ އެވެ.

ޖަރުމަނުން ކެޕްޓަން ބަދަލުކުރި މިއަހަރުގެ ކުރީކޮޅު އެވެ. ނޯޔާ އަތުން ބޭންޑު ނަގައި، އައު ކެޕްޓަނެއްގެ ގޮތުގައި ހަމަޖެއްސީ އިލްކާއި ގުންޑޮގާން އެވެ. ދާދި ފަހުން ގުންޑޮގާންވެސް ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އަދި ތަޖުރިބާކާރު މިޑްފީލްޑަރު، ޓޯނީ ކްރޫސް ވެސް ވަނީ ޔޫރޯ އަށްފަހު ކުޅުން ހުއްޓާލާފަ އެވެ.

ގައުމީ ޓީމުން ރިޓަޔާކުރިކަމުގައިވިޔަސް، ކްލަބް ފުޓުބޯޅައިގައި ނޯޔާ އަދި ކުޅޭނެ އެވެ. މިދިޔަ އަހަރު އޭނާ ވަނީ ބަޔާން މިޔުނިކާއެކު އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އައުކޮށްފަ އެވެ.

ޖަރުމަނު ގައުމީ ޓީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ