20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިތުރު ވަގުތުގައި ލަނޑުޖަހައި، ބޫޓާނަށް ރާއްޖެ އަތުން އުނދަގު މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި، މިއަދު ރާއްޖެ އަތުން ބޫޓާނުން އުނދަގު މޮޅެއް ހޯދައިފި އެވެ.

މިއަދު ކުޅުނު މެޗަކީ މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗެވެ. އަދި ބޫޓާންގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބޫޓާން ވަނީ 1-0 ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެފަ އެވެ. މިއާއެކު، ސެމީ ފައިނަލުން ޖާގަ ހޯދުމަށް ރާއްޖެ އަތުން މޮޅުވުން ބޫޓާނަށް މަޖުބޫރެވެ.

އަންފާ ސްޕޯޓްސް ކޮމްޕެލްސް ދަނޑުގައި މިއަދު ކުޅުނު މެޗުން ބޫޓާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 21 ވަނަ މިނެޓުގައި ބޫޓާނަށް ކުރިހޯދައިދިނީ ޖެޓްސުއެން ޑޯޖީ އެވެ. ބޫޓާނުން ލީޑު ނެގިނަމަވެސް، ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ގައުމީ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަނގަޅު، ގިނަ އެޓޭކުތަކެއް ކޮށްފަ އެވެ.

ރާއްޖޭގެ ޓީމުން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން، ހާފު ފެށުނުތަނާ ރާއްޖޭގެ ކެޕްޓަން، ޝަނާން ރަޝާދު ވަނީ ރަނގަޅު ޝޮޓެއް ހަދާފަ އެވެ. ނަމަވެސް، އޭރިއާ ބޭރުން ޝަނާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ބޫޓާންގެ ކީޕަރު، ސޯނަމް ޓެންޒިން، އޭރިއާ ބޭރުން ބޯޅައެއްގައި އަތުން ޖެއްސުމާއެކު އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އޭރިއާގެ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުން ކާމިޔާބުކޮށް، އިޝް އާފް އަހުމަދު ފިރާގު ވަނީ ގައުމީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރާއްޖެއިން ލީޑު ނެގުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގައި، ބޫޓާން އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ބޫޓާން މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނަގަވާން ޗޮޕެލް އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހުކުރު ދުވަހު ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަ ށެވެ. މި މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ އެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ