އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ބީޖީއެސްސީ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖޯޒީ އެމްވީގެ ފަރާތުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ”އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖު 2024“ ގެ ފައިނަލުން، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) ބަލިކޮށް، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ޖޯޒީ އެމްވީގެ ފަރާތުން ބޭއްވި ދެވަނަ މުބާރާތެވެ. މި މަހުގެ 10 ވަނަ ދުވަހުން 19 ވަނަ ދުހަވުގެ ނިޔަލަށް ލ. ހިތަދޫގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ ފައިނަލް މެޗާއި، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު، އަބްދުﷲ ރާފިއު އެވެ.

ރޭ ހިތަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުން ބީޖީއެސްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖީޖީއެސްސީގެ އިބްރާހިމް މުބީން އަހުމަދު (މުއްކި) އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ. އޭގެ ފައިދާ ނަގައި، ބީޖީއެސްސީން ވަނީ މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ބީޖީއެސްސީ އަށް ލަނޑު ޖަހައިދިނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީޖީއެސްސީގެ ވިޖުއްކޮ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިގް ގޭންގް އެފްސީގެ އަލީ އަނޫފް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފެމިލީ އެންޑް ފްރެންޑްސް އެސްސީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބީޖީއެސްސީގެ އިސްމާއިލް ރަޝީދު އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖީޖީއެސްސީގެ އަހުމަދު ސޮބާހު (ސޯޓޭ) އާއި ބިގް ގޭންގް އެސްސީގެ މޫސާ ހާނިމް އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޖީޖީއެސްސީގެ ސޯޓޭ އާއި އިސްމާއިލް ވަޖީހު (ވައްޖެ) ގެ އިތުރުން، ބިގް ގޭންގް އެސްސީގެ ހާނިމް އާއި ބީޖީއެސްސީގެ ވިޖުއްކޮ އަދި އަބްދުﷲ ޝާފިއު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިޖުއްކޮ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ