އައު ސީޒަނުގެ ފުރަތަމަ މެޗުން ޗެމްޕިއަން ރެއާލް އެއްވަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި މަޔޯކާ އާ ދެކޮޅަށް ކުޅެ، ޗެމްޕިއަން ރެއާލް މެޑްރިޑް އެއްވަރު ވެއްޖެ އެވެ.

މަޔޯކާ އާ ދެކޮޅަށް ކުޅުނު މި މެޗަކީ ކީލިއަން އެމްބާޕޭ ރެއާލް އަށް ކުޅެދިން، ސްޕެނިޝް ލީގުގެ ފުރަތަމަ މެޗެވެ. ރެއާލް އަށް ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި އެމްބާޕޭ ވަނީ ލަނޑު ޖަހާފަ އެވެ. ބުދަ ދުވަހު އެޓަލަންޓާ އާ ދެކޮޅަށް ކުޅުނު ސުޕަ ކަޕުގެ މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭ މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި، ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލަށް ކުރިހޯދައިދިނީ ރޮޑްރިގޯ އެވެ. މިދިޔަ ސީޒަނުގައިވެސް ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ރޮޑްރިގޯ އެވެ. ރެއާލުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ޑަނީ ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން، ވޭދާތު މުރީގީ ވަނީ ލަނޑެއް ޖަހައި، މަޔޯކާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މި މެޗުގައި އެމްބާޕޭ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިއީ އެމްބާޕޭގެ ކެރިއަރުގައި ފްރެންޗް ލީގު ނޫން ލީގެއްގައި ކުޅުނު ފުރަތަމަ މެޗެވެ. ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ މޮނާކޯ އަށެވެ.

މެޗުގެ އިތުރު ވަގުތުގައި މަޔޯކާގެ މުރީގީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ރެއާލްގެ ފާލޯންޑް މެންޑީ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ރެއާލް މެޑްރިޑު ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ