ޗެލްސީ ބަލިކޮށް، ޗެމްޕިއަން ސިޓީ އަށް އުއްމީދީ ފެށުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓްރާންސްފާ އަށް އެންމެ ބޮޑު ހަރަދެއް ކުރި ޗެލްސީ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ދިފާއީ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ސީޒަނުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިއަހަރުގެ އިތުރުން، 2022 އާއި 2023 ގެ ހޫނުމޫސުމުގައި ޓްރާންސްފާ އަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމަކީ ޗެލްސީ އެވެ. އެގޮތުން، 2022 ވަނަ އަހަރު 294 މިލިއަން ޔޫރޯ ހޭދަކޮށްފައިވާއިރު، މިދިހަ އަހަރުގެ ހޫނުމޫސުމުގައި އެ ޓީމުން ވަނީ 464.1 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. އަދި މި ހޫނުމޫސުމުގައި އެ ޓީމުން ވަނީ 189 މިލިއަން ޔޫރޯ ހަރަދުކޮށް، 8 ކުޅުންތެރިން ގެނެސްފަ އެވެ.

މި މެޗަކީ ޗެލްސީގެ އައު ކޯޗު، އެންޒޯ މަރެސްކާގެ ފުރަތަމަ މެޗެވެ. ލެސްޓާ ސިޓީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިނުމަށްފަހު، މަރެސްކާ ޗެލްސީއާ ގުޅުނީ ޖުލައި މަހު އެވެ. އޭނާ އަކީ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ އާއެކު މަސައްކަތްކޮށްފައިވާ، ސިޓީގެ ކުރީގެ އެސިސްޓެންޓް ކޯޗެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 18 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން، އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި ސިޓީ އަށް ކުރިހޯދަދީފަ އެވެ. ޗެލްސީއާ ދެކޮޅަށް ކުޅުނު މި މެޗަކީ ހާލަންޑް ސިޓީ އަށް ކުޅެދިން 100 ވަނަ މެޗެވެ. އަދި އޭނާ ކާމިޔާބުކުރި ލަނޑަކީ، ސިޓީ އަށް ޖަހައިދިން 91 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގައި ސިޓީ އަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން، ކެވިން ޑި ބްރޭނާ ފޮނުވާލި ބޯޅަ ވަނީ ދަނޑި ކައިރިން ބޭރުވެފަ އެވެ. އަދި ޖެރެމީ ޑޯކޫ ފޮނުވާލި ހަމަލާ، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގައި ލަނޑު ޖެހުމަށް ޗެލްސީ އަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް، ކްރިސްޓޮފާ އެންކުންކޫ އާއި ނިކޮލަސް ޖެކްސަން އަދި އެންޒޯ ފެނާންޑޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް ލީޑު ފުޅާކޮށްދިނީ، ޗެލްސީއަށް ކުރިން ކުޅުނު މަޓެއޯ ކޮވަސިޗް އެވެ. މިއާއެކު ސިޓީން ވަނީ މުހިންމު ތިން ޕޮއިންޓު ހޯދާފަ އެވެ.

ލީގުގެ ދެވަނަ މެޗުގައި ސިޓީ ނިކުންނާނީ އިޕްސްވިޗް ޓައުން އާ ދެކޮޅަ ށެވެ. އަދި ޗެލްސީ ބައްދަލުކުރާނީ ވުލްވްސް އާއެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ ޗެލްސީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ