ރިސޯޓު ލީގު 2024: ޗެމްޕިއަން ކްރޮސްރޯޑްސް ކަޓުވާލައި، ވޮލްޑޯފް ފައިނަލަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ސެމީ ފައިނަލުން، އެންމެ ފަހުގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް ކަޓުވާލުމަށްފަހު، ވޮލްޑޯފް އެސްޓޯރިއާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސެމީ ފައިނަލުގެ މެޗުތައް މީގެކުރިން ތާވަލު ކުރެވިފައިވަނީ މި މަހުގެ 13 ވަނަ ދުވަހަ ށެވެ. ނަމަވެސް، ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން، މެޗުތައް ވަނީ ފަސްކޮށްފަ އެވެ. މޫސުން ތަން ދިނުމާއެކު، ސެމީ ފައިނަލް މެޗުތައް ކުޅެފައިވަނީ އާދީއްތަ ދުވަހު އެވެ.

މުބާރާތުގެ ސެމީ އަށް ވޮލްޑޯފް ދަތުރުކުރީ، ކުއާޓާގައި ފަހަތުން އަރައި ސޯ މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ. އަދި ކްރޮސްރޯޑްސް ސެމީ އަށް ދަތުރުކުރީ ކުއާޓާގައި އޯޒެން ލައިފް މާދޫ ބަލިކުރުމަށްފަހު އެވެ. ސެމީ ފައިނަލުގައި ވޮލްޑޯފުން ކްރޮސްރޯޑްސްގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކްރޮސްރޯޑްސްގެ ކެޕްޓަން، ހަސަން ލައުހު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. ކްރޮސްރޯޑްސް އިން ވަނީ ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ނޫހު އިބްރާހިމް އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 31 ވަނަ މިނެޓުގައި އިބްރާހިމް ރަފާހު ވަނީ ލަނޑެއް ޖަހައި، އަނެއްކާވެސް ވޮލްޑޯފަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން ރަފާހު ވަނީ އިތުރު ލަނޑެއް ޖަހައި، ވޮލްޑޯފަށް ލީޑު ފުޅާކޮށްދީފަ އެވެ.

ކްރޮސްރޯޑްސް އިން ފަހުވަގުތާ ހަމަޔަށް މަސައްކަތް ކުރީ ނަތީޖާ އެއްވަރު ކުރުމަ ށެވެ. އެގޮތުން، މެޗުގެ ފަހު މިނެޓުގައި ލައުހު ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވޮލްޑޯފަށް ދެ ލަނޑު ޖަހައިދިން ރަފާހު އެވެ.

މުބާރާތުގެ ފައިނަލުގައި ވޮލްޑޯފް ބައްދަލުކުރާނީ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ހަވީރު އެވެ.

ރިސޯޓް ލީގު 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ