ސްލޮޓްގެ ފުރަތަމަ މެޗުން ލިވަޕޫލް މޮޅުވިއިރު، ސަލާހަށް ރެކޯޑެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ލިވަޕޫލްގެ ކޯޗު ކަމާ އާނާ ސްލޮޓް ހަވާލުވިފަހުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗުން މޮޅުވިއިރު، މުހައްމަދު ސަލާހު ރެކޯޑެއް ހަދައިފި އެވެ.

ނާކާމިޔާބު އަހަރު ތަކަކަށްފަހު، ލިވަޕުލް ނަގައި ކޮޅަށް ޖެހި ކޯޗު، ޔާގަން ކްލޮޕް ވަނީ ނިމުނު ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާފަ އެވެ. އޭނާ ލިވަޕޫލް ދޫކޮށްލީ އެ ޓީމާއެކު ނުވަ އަހަރު ހޭދަކުރުމަށްފަހު އެވެ. މިއާއެކު، ޓީމުގެ އައު ކޯޗަކަށް ހަމަޖެއްސީ ނެދަލެންޑްސްގެ ސްލޮޓް އެވެ.

22 އަހަރު ފަހުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުން އާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން މޮޅަށް ކުޅުނު ނަމުގައިވިޔަސް، ލަނޑެއް ޖެހިފައެއް ނުވެއެވެ. މި ހާފުގައި އިޕްސްވިޗް އިން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 60 ވަނަ މިނެޓުގައި ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން، ޑިއޯގޯ ޖޮޓާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ.

ޖޮޓާ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސަލާހު ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. މިއާއެކު، ސަލާހު ވެފައިވަނީ ޕްރިމިއާ ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އެގޮތުން، ސަލާހު ވަނީ އައު ސީޒަންގެ ފުރަތަމަ މެޗުތަކުން ޖުމްލަ ނުވަ ލަނޑު ޖަހާފަ އެވެ. މީގެކުރިން މި ރެކޯޑު އޮތީ ވޭން ރޫނީ އާއި ފްރޭންކް ލަމްޕާޑް އަދި އެލަން ޝިއަރާ އަތުގަ އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ އަށް ލަނޑު ޖަހާފަ އެވެ.

ރެކޯޑު ހެދުމުގެ އިތުރުން، މި މެޗަކޯ ސަލާހަށް ހާއްސަ މެޗަކެވެ. އިޕްސްވިޗް އާ ދެކޮޅަށް ކުޅުނު މެޗަކީ، ލިވަޕޫލަށް ސަލާހު ކުޅެދިން 350 ވަނަ މެޗެވެ. އޭނާ ލިވަޕޫލާ ގުޅިނީ 2017 ވަނަ އަހަރު އެވެ.

 

އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ