އައު ސީޒަނުގެ ފުރަތަމަ މެޗުން ޕީއެސްޖީ އަށް ބޮޑު މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފްރެންޗް ލީގުގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ލެ ހާވިއޭ ބަލިކޮށް، ޕީއެސްޖީން ފެށުން ރަނގަޅުކޮށްފި އެވެ.

ރޭ ކުޅުނު މެޗަކީ، ކީލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެމްބާޕޭ ނުލައި ފުރަތަމަ މެޗުން އެ ޓީމުން ވަނީ ފަސޭހަ މޮޅެއް ހޯދާފަ އެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލީ ކޭންގް ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީ އަށް ކުރިހޯދަދީފަ އެވެ. އެ ޓީމަށް އިތުރު ކަންބޮޑުވުމަކަށްވީ، މެޗުގެ 20 ވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް އަށް އަނިޔާވެ، ބަދަލު ކުރަން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ރަންޑަލް ކޯލޯ މުއާނީ އެވެ.

ޕީއެސްޖީން އެއް ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލި ކަމުގައިވިޔަސް، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލެ ހާވިއޭގެ ގައުޓިއޭ ލޮރިސް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ލެ ހާވިއޭ އިން ނަތީޖާ އެއްވަރު ކުރުމުން، ޕީއެސްޖީން ވަނީ އެޓޭކު ރަނގަޅު ކުރުމަށް ބަދަލުތަކެއް ކޮށްފަ އެވެ. އެގޮތުން،  އުސްމާން ޑެމްބެލޭ އާއި ބްރެޑްލޭ ބާކޯލާ ވަނީ ކުޅެން އަރާފަ އެވެ. ޕީއެސްޖީ ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީވެސް މި ދެ ކުޅުންތެރިންނެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޑެމްބެލޭ ލަނޑެއް ޖަހާފައިވާއިރު، އޭގެ ދެ މިނެޓު ފަހުން ބާކޯލާ ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް، މުއާނީ ވަނީ ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

ލީގުގެ ދެވަނަ މެޗުގައި ޕީއެސްޖީ ނިކުންނާނީ މޮންޓްޕެލިއާ އާ ދެކޮޅަ ށެވެ.

ފްރެންޗް ލީގު ޕީއެސްޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ