ފަހުވަގުތު ޒާކްޒީ ކާމިޔާބުކުރި ލަނޑާއެކު، ޔުނައިޓެޑަށް ލީގުގެ ފުރަތަމަ މޮޅު

Advertisement

Advertisement

އެންމެ ފަސް

Advertisement

މެންޗެސްޓާ ޔުނައިޓެޑަށް މި ހޫނުމޫސުމުގައި ސޮއިކުރި ޒުވާން ފޯވާޑް، ޔޯޝުއާ ޒާކްޒީ ކާމިޔާބުކުރި ލަނޑާއެކު ފުލަމް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ފުރަތަމަ މޮޅު ޔުނައިޓެޑުން ހޯދައިފި އެވެ.

ރޭ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒާކްޒީ އެވެ. މިއީ އިޓަލީގެ ބޮލޯނިއާ ދޫކޮށް، ޔުނައިޓެޑަށް ބަދަލު ވުމަށްފަހު، ޒާކްޒީ ޔުނައިޓެޑަށް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި ގިނަވަގުތު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް، ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ. އެގޮތުން، އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ، ފުލަމްގެ ކީޕަރު ބާން ލެނޯ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ޒާކްޒީ އާއި އަލެހަންދްރޯ ގަނާޗޯ ކުޅެން ނިކުތް ފަހުން، ޔުނައިޓެޑުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ.

ދެވަނަ ހާފުގައި ފުލަމް އިން ކުރި ކައުންޓާ އެޓޭކެއްގައި، އެ ޓީމަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އަންޑްރެއަސް ޕެރެއިރާ، ބޯޅަ ހިފައިގެން އެރިއިރު، ޔުނައިޓެޑުގެ ޑިފެންސް ލައިންގައި އޮތީ ހަމައެކަނި ހެރީ މެގުއާ އެވެ. އަނެއް ފަޅިން އަރައި އޮތް އެލެކްސް އިވޯބީ އަށް ދޭން މަސައްކަތް ކުރި ބޯޅަ، މެގުއާ ވަނީ ހުއްޓުވާފަ އެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޒާކްޒީ ލަނޑު ޖަހާފައިވަނީ ގާނާޗޯ ނަގައިދިން ހުރަހަކުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަ ށެވެ. އޭގެ ފަހުންވެސް، ގާނާޗޯ އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

ލީގުގެ ދެވަނަ މެޗުގައި ޔުނައިޓެޑު ބައްދަލުކުރަނީ ބްރައިޓަން އާއެވެ. އަދި ފުލަމް ނިކުންނާނީ ލެސްޓާ ސިޓީ އާ ދެކޮޅަ ށެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ