ރިސޯޓު ލީގު 2024: ފަސް ލަނޑުގެ މޮޅަކާއެކު މާދޫ ކުއާޓާ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސޯޓު ލީގު ސައުތު މާލެ ޒޯނުގައި 5-0 ގެ ނަތީޖާއަކުން އެސްއޯ މޯލްޑިވްސް ބަލިކޮށް، އޯޒެން ލައިފް މާދޫ ކުއާޓާ ފައިނަލަށް އަށް ދަތުރުކޮށްފި އެވެ.

މާދޫން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ވޮލްޑޯފް ބަލިކޮށްފަ އެވެ. އެސްއޯ އަތުން ލިބުނު ތިން ޕޮއިންޓާއެކު، މާދޫން ވަނީ ގުރޫޕުގެ އެއްވަނަ ހޯދާފަ އެވެ.

ހޮނިހިރު ދުވަހު ހަވީރު އެސްއޯ އާއި މާދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފުގައި މާދޫ ޓީމުގެ ފަރާތުން ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެ ޓީމުން ޖެހި ފަސް ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި މާދޫ ޓީމުގެ މުހައްމަދު އައްޒާމް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މުހައްމަދު ޒީދާން ޒުހުރީ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މާދޫ ޓީމުގެ މުހައްމަދު ރިފްހާން ޖެހި ލަނޑާއެކު، އެސްއޯ ވަނީ ވަރަށް ބޮޑަށް ގޭމުން ބޭރުވެފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އައްޒާމް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ ފަހު މިނެޓުގައި ޒީދާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޒީދާން އެވެ.

ގުރޫޕު ”ބީ“ އިން ޕްލޭ އޮފްގެ ޖާގަ ލިބޭނީ ވޮލްޑޯފް އާއި އެސްއޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަ ށެވެ.

ރިސޯޓް ލީގު 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ